Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

"ސޭޓު" ކިޔާތީ އެކަން ވަނީ ޖޯކަކަށް: ގާސިމް

ގާސިމް އިބްރާހީމް މަޖިލީހުގެ ޖަލްސާއެއްގައި --

ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން "ސޭޓު"ގެ ނަމުން މުހާތަބު ކުރާތީ އެކަމާއި ގާސިމް ހިތްޕުޅާހަމަ ނުޖެހިއްޖެއެވެ.

އިންކަމް ޓެކްސްގެ ބިލަށް ވާހަކަދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ އޭނާއަށް "މަހުޖަނު" ނުވަތަ "ސޭޓު"ގެ ނަމުން މުހާތަބު ކުރުން މިހާރު އާއްމު ކަމަކަށް ވެއްޖެ ކަމަށާއި އެކަން ކުރަމުން ދަނީ ވަކި ޕާޓީއަކަށް ނިސްބަތްވާ ބައެއް ކަމަށެވެ.

އޭނާ ވިދާޅުވީ ގައުމެއް ކުރިއަރާ ދާނީ އެގައުމުގައި ތިބި މުއްސަނދިންނާއި ތަނަވަސް މީހުން ތިބެގެން ކަމަށެވެ.

މި ކޮން ވާހަކައެއްތޯ މި ދައްކަނީ. ބައެއްގެ ސިކުނޑިއަށް ވައްދައިދޭން. މުއްސަނދިންނޭ މަހުޖަނުންނޭ. ދެފަހަރުން އެއްފަހަރު އިރުކޮޅަކުން މިވަހަކައެއް މިދައްކަނީ. ސޭޓުންނޭ. މިވާހަކައެއް މި ދައްކަނީ ކޮން ކަމަކާ ހެދިތޯއޭ އަޅުގަނޑު ހިތައް އަރަނީ." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މިހާރު އެކަން ބޮޑު ޖޯކަކަށް ވެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް ތެރޭގައި މިގޮތަށް ގާސިމާއި މުހާތަބު ކުރައްވަމުން ގެންދަވަނީ އެމްޑީޕީއަށް ނިސްބަތްތެވަޑައިގަންނަވާ މެންބަރުންނެވެ.