Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ހުޅުމީދޫ މިފްކޯ ބަނދަރުގެ ފުރަތަމަ ފިޔަވަހި ތަރައްގީކުރުމަށް އެމްޓީސީސީއަށް

ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ. ހުޅުމީދޫ މިފްކޯ ބަނދަރުގެ ފުރަތަމަ ފިޔަވަހި ތަރައްޤީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޕްލޭނިންގެ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކޮށްފައިވަނީ، ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހެވެ.

މި މަޝްރޫއަކީ 68.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 300 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށެވެ.