Last Updated: July 27, 18:03
Monday, July 27, 2026
ސިޔާސީ

ރައީސް ނަޝީދު ގދ. އަދި ގއ. އަތޮޅަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ގދ. އަތޮޅާއި ގއ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅު: ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ގދ. އަތޮޅާއި ގއ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

ރައީސް ނަޝީދާއި އެކު މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ރައްޔިތުން މަޖިލީހުގެ ގއ. އަދތި ގދ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ނަޝީދު ގދ. އަތޮޅާއި ގއ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރައްވާ ސީދާ ސަބަބެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ. މި ދަތުރުފުޅުގައި ރައީސް ނަޝީދުވަނީ، ގދ. ތިނަދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވާފަ އެވެ. ރައީސް ނަޝީދު ދެކުނުގެ ދެ އަތޮޅަކަށް ދަތުރުފައްޓަވާފައިވާއިރު، އެމަނިކުފާނުވަނީ އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެމްޑީޕީގެ މެންބަރުންގެ އަރިހުން އެމަނިކުފާނަށް ވޯޓު ދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.