ދެކުނުގެ ހަތަރު އަތޮޅުތަކުގެ ކައުންސިލަރުންނަށް ހާއްސަކޮށްގެން ބާއްވާ "ދެކުނު މަހާސިންތާ 2019" ރައްޔިތުން ފަށައިފިއެވެ.
މި މަހާސިންތާ ފައްޓަވައިދެއްވީ މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަހާސިންތާ ކުރިއަށް ދަނީ ގދ. ތިނަދޫގައެވެ. ގއ، ގދ, ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ އާއިއެކު ޖުމްލަ ހަތަރު އަތޮޅުގެ ކައުންސިލު ބައިވެރިވާ މި މަހާސިންތާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ސެޝަނަކަށް ބަހާލައިގެންނެވެ.
މި މަހާސިންތާގައި ކައުންސިލްތަކުން ތަފާތު އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ކައުންސިލްތަކުން ހުށަހަޅާ ވަކިވަކި ކަރުދާސްތަކާއި މެދު ވެސް މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށްވެސް ވަނީ ނިންމާފައެވެ. މި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭގެ ވަގުތެއްގައެވެ.