Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ނަޞްރުގެ ދުވަހު އެމްއެންޑީއެފްގެ ހާއްސަ ޑްރިލް މާލެ އަދި ހުޅުމާލާގައި

ނަޞްރުގެ ދުވަހުގެ މުނާސަބާގައި އެމްއެންޑީއެފްގެ ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް މާލެ އަދި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ބާއްވާ ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިފެށޭ ނޮވެމްބަރު 1 އަދި 2 ވަނަ ދުވަހު އެވެ.

އެމްއެންޑީއެފުން ބުނީ ނޮވެމްބަރު 1 ވަނަ ދުވަހު (މާދަމާ) ގެ ހަވީރު 16:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ފެށުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ބަލާލުމުގެ ފުރުސަތު އާންމުކޮށްވަނީ ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މި ހަރަކާތްތައް ކުރިއަށްދާއިރު، އާންމުންނަށް ޑްރިލް ސްކޮޑާއި ބޭންޑް އެންޑް މިއުޒިކް ވިންގްގެ ސިފައިންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނޮވެމްބަރު 2 ވަނަ ދުވަހު އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް އޮންނާނީ ޖުމްހޫރީ މައިދާނުގައި ހަވީރު 16:30 ގައެވެ.

މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫޙު ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހެވިކަމެކެވެ. އަދި މެހެތަރުގެ އެއްވެސް ކޮމާންޑެއް ނެތި ވަކި ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ކަމެކެވެ.