Last Updated: July 27, 18:03
Monday, July 27, 2026
ސިޔާސީ

އައްޑޫ ހޮސްޕިޓަލް ހުޅުވޭނެ ތާރީހެއް އަމީން ވިދާޅެއްނުވި

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

އައްޑޫ ސިޓީގައި ކޮންވެސްޝަން ސެންޓަރުގައި ގާއިމުކުރި އާ ހޮސްޕިޓަލް ހުޅުވޭނެ ވަކި ތާރީހެއް މިއަދުވެސް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅެއްނުވި އެވެ.

މިއަހަރުގެ ބަޖެޓުގައި ނ. ވެލިދޫގައި ހޮސްޕިޓަލެއް ގާއިމުކުރަން ހިމަނާފައިވީ ނަމަވެސް، އެ މަސައްކަތް ލަސްވަމުންދާ މައްސަލައާ ގުޅޭގޮތުން، މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ހެލްތް މިނިސްޓަރު އަމީންވަނީ ހަޒިރުކޮށްފަ އެވެ. ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ މިހާރު ކުރިއަށް ދަނީ ހޮސްޕިޓަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށާއި، މިހާރު އައްޑޫ ހޮސްޕިޓަލުގައި ކުރިއަށްދަނީ އެތަން ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. މިނިސްޓަރ އަމީން ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލްގައި މިހާރު ކުރަމުން ގެންދަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމަށާއި އެހެންކަމުން ހޮސްޕިޓަލް ހުޅުވޭނެ ވަކި ތާރީޚެއް ދައްނަވަން ބޭނުން ނުވާ ކަމަށެވެ.

އައްޑޫ ސިޓީ ހޮސްޕިޓަލް 100 އެނދުގެ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަޝްރޫއު ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެލިޔާ ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއު ނިމި ހޮސްޕިޓަލްވަނީ ސަރުކާރާ ހަވާލުކޮށްފަ އެވެ. އެލިޔާއަށް 161.8 މިލިއަން ރުފިޔާ އަށް މަޝްރޫއު ހަވާލުކުރީ ނޮވެމްބަރު 14، 2016 ގަ އެވެ. މި މަޝްރޫއު ނިންމައި މިދިޔަ އަހަރުގެ ތެރޭގައި ހުޅުވަން މަސައްކަތްކުރި އެވެ. އޭގެ ފަހުން އެކި ތާރީހުތައް ސަރުކާރުން ދެމުން ދިޔަ ނަމަވެސް، އަދިވެސް އެ ހޮސްޕިޓަލު ހުޅުވާނެ ވަކި ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.