Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ގާސިމްގެ އެޑްވައިޒަރުކަމުން ނާޒިމް އިސްތިއުފާ ދެއްވައިފި

ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ހުންނެވި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖަލުން މިނިވަންވެ ޖޭޕީއާ ގުޅިވަޑައިގަތުމަށް ފަހު ނާޒިމް އެޑްވައިޒަރަކަށް ހަމަޖައްސަވައި، ޕާޓީގެ ޓިކެޓުގައި ދަނގެތީ ދާއިރާއަށް ވާދަކުރެއްވުމުގެ ފުރުސަތު ދެއްވިއެވެ. ފަސޭހަކަމާއެކު އެ ގޮނޑި ނާޒިމް ކާމިޔާބުކުރެއްވި ނަމަވެސް، އިންތިޚާބަށް ފަހު ޖޭޕީ ހިނގަމުންދާ ގޮތާ މެދު ހިތްހަމަނުޖެހޭ ކަން ނާޒިމް ވަނީ އިއުލާން ކުރައްވާފައެވެ.

ޚާއްސަކޮށް މަޖިލިސް ފެށުމަށް ފަހު ޕީޕީއެމްގައި އަދި ކުރީ ސަރުކާރުގައި އިސްކޮށް ތިބި ބޭފުޅުން ޖޭޕީއާ ގުޅުމަށް ޕާޓީގައި ބާއްވާ ހަފްލާތަކުގައި ނާޒިމް ބައިވެރިނުވާއިރު ޖޭޕީގެ އެއްވެސް މަޖިލިސް މެމްބަރަކު އަދި ވަޒީރަކުވެސް އޭގެ ޖަލްސާއެއްގައި ބައިވެރިނުވެއެވެ.

ނާޒިމް އިސްތިއުފާ ދެއްވުމުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވަނީ އެމަގާމަށް އައްޔަން ކޮށްފައެވެ.