Last Updated: June 10, 00:02
Tuesday, June 9, 2026
ވިޔަފާރި

ގަން- ކޮލޮމްބޯ ޓިިކެޓްގެ އަގު ހާމަ ކުރަނީ

އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ސ. ގަމާއި ލަންކާގެ ކޮލޮންބޯ އާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، މި ދޭތެރޭ ދަތުރިތަކިގެ ޓިކެޓްގެ އަގުތައް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ހާމަ ކުރާނެ ކަމަށް މޯލްޑވިއަނުން ބުނެފި އެވެ.

އެ ކުންފުނީގެ އޮޮފިޝަލަކު ވިދާޅުވީ ޓިކެޓްގެ އަގުތައް ހާމަ ކުރުމުގެ ކުރިން ނިންމަން ޖެހޭ ކަންކަން މިހާރު ނިންމަމުން އަންނަ ކަމަށެވެ.

ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނީ ގަމާއި ލަންކާ އާ ދެމެދު ކުރާ ދަތުރުތަކުގެ އަގު ހުންނާނީ އާންމުން އަތްފޯރާ އަގެއްގައި ކަމަށެވެ. އެހެންވެ ދަތުރުތަކަށް ބޮޑު ތަރުހީބެެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

އެ އެއާލައިނުން ބުނީ ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އެއާޕޯޓުން ލަންކާ އަށް ދަތުރު ފަށާ އިރު، މި ސަރަހައްދުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް ވެސް ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.

އެގޮތުން ފުވައްމުލަކާއި ކާޑެއްދު އާއި ކޫއްޑޫ އެއާޕޯޓްތަކުން ވެސް މީހުން ގޮވައިގެން ލަންކާ އަށް ދަތުރުތައް ކުރެވޭ ގޮތަށް ދަތުރުތައް ރާވާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ގަމާއި ލަންކާ އާ ދެމެދު ރަސްމީކޮށް ސީދާ ދަތުރުތައް ފަށާނެ ކަމަށް ސަރުކާރުން އިއުލާން ކުރީ މިދިޔަ މަހުގެ 9 ވަނަ ދުވަހު އެވެ.