Last Updated: April 23, 17:29
Tuesday, April 23, 2024
ވިޔަފާރި

އީކުއޭޓާރ ވިލެޖު މިފަހަރުވެސް މޯލްޑިވްސް ޓްރެވަލް އެވޯޑަށް ނޮމިނޭޓް ވެއްޖެ!

އައްޑޫގައި ހުންނަ ހަމައެކަނި އައިލެންޑް ހޮޓެލް ކަމަށްވާ އީކުއޭޓަރ ވިލެޖު އަނެއްކާވެސް މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ނޮމިނޭޓް ވެއްޖެއެވެ. އެގޮތުން ނޮމިނޭޓްވެފައިވަނީ 2019 ވަނަ އަހަރުގެ ލީޑިންގ އެއަރޕޯރޓް ހޮޓެލްގެ ގޮތުގައާއި ލީޑިންގ މީޓިންގ އެންޑް ކޮންފެރެންސް ރިސޯޓުގެ ގޮތުގައެވެ.

އައްޑޫގެ އެންމެ ރީތި އެއް ރަށް ކަމަށްވާ ކަމުގައި ހުންނަ މި 78 ކޮޓަރީގެ ހޮޓެލްއަކީ 2017 ވަނަ އަހަރު ސަޓާ އެވޯޑްސްގެ ހޯސްޓިންގ ޕާރޓްނަރއެވެ. އަދި މިއަހަރު އެ ހޮޓެލަށް ވަނީ ސަޓާ އެވޯޑްސްގެ ލީޑިން އެއަރޕޯރޓް ހޮޓެލްގެ މަޤާމު ލިބިފައެވެ. މިއީ ރާއްޖެއަށް ލިބުނު ފުރަތަމަ ޓްރެވަލް އެވޯޑެވެ.

މީގެ އިތުރުންވެސް ފާއިތުވި 3 އަހަރު ތެރޭގައި އެހޮޓެލަށްވަނީ ތަފާތު އެކި އެކި އެވޯޑްސް ލިބިފައެވެ. އެގޮތުން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުވެސް އީކުއޭޓަރ ވިލެޖަށްވަނީ މޯލްޑިވްސް ޓްރެވަލް އެވޯޑް ލިބިފައެވެ. މި އަހަރުގެ އެވޯޑް ވެގެންދާނީ އެ ހޮޓެލުން ފަތުރުވެރިކަމުގެ ދާއިރާގައި ހަދާލާ ހެޓްރިކަކަށެވެ.

އެވޯޑަށް ނޮމިނޭޓްވެފައިވާ ފަރާތްތަކަށް ވޯޓުލުމަށް މިހާރު ހުޅުވާލާފައިވާ އިރު، އޮންލައިން އަދި އެސްއެމްއެސް މެދުވެރިކޮށްވެސް ވޯޓު ލެވޭނެއެވެ. އޮންލައިންކޮށް ވޯޓު ލެއްވުމަށް ތިރީގައިވާ ލިންކަށް ފިތާލައްވާ:
https://www.travelawards.mv/vote/maldives-travel-awards-annual-gala-2019