ސިޔާސީ ލީޑަރުން އިހުލާސްތެރިން ދަންނަން ޖެހޭ ކަމަށް ވިދާޅުވެ ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމުގެ އަނބިކަނބަލުން އަފާފު އަބްދުލް މަޖީދު ޖުމްހޫރީ ޕާޓީއަށް ރައްދު ދީފިއެވެ.
ނާޒިމްގެ އަނބިކަނބަލުން މިފަދައިން ވިދާޅުވެފައި މިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުން ނާޒިމް އިއްޔެ އިސްތިއުފާ ދެއްވުމުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް މީޑިއާތަކުގައި އެކަމާއި ގުޅިގެން ވާހަކަދައްކަވާފައިވާ ދަނޑިވަޅެއްގައެވެ. ކެލާ ދާއިރާގެ ކުރީގެ މެމްބަރު ނިމިގެން ދިޔަ މަޖިލިސް އިންތިޚާބަށް ފަހު ޖޭޕީއާ ގުޅިވަޑައިގެން ގާސިމާއެކު މިހާރު މަސައްކަތް ކުރަމުން އަންނަ އިރު އާރިފް ވިދާޅުވީ، ނިމިގެން ދިޔަ ސަރުކާރުގައި ނާޒިމަށް ނުހައްގުން ލިބުނު އަނިޔާއާއި ޖަލުގައި ބަންދު ކުރުމުން އެންމެ ބޮޑަށް ނާޒިމާއި އާއިލާއަށް އެހީވީ ގާސިމް ކަމަށެވެ.
އަލީ އާރިފްގެ އެ ވާހަކަތަކަށް ފާޑު ވިދާޅުވެ އަފާފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމަށާއި ނާޒިމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަނިޔާ ކުރަމުން ދިޔައިރު ކުރީ ސަފުގައި އަތްޖަހަން ތިބި މީހުންގެ ތެރެއިން މީހަކު ޖޭޕީއަށް މިއަދު ވަދެގެން ގާސިމަށް އިހުލާސްތެރިއެއް ނުވާނެ ކަމަށެވެ. ލީޑަރުން އިހުލާސްތެރިން ދަންނަން ޖެހޭ ކަމަށް ވިދާޅުވެ އަފާފު ވިދާޅުވީ ނާޒިމަކީ ކުރިންވެސް އަދި މިއަދުވެސް އިހުލާސްތެރިއެއް ކަމަށެވެ.
Qasim asha Nazim ah yaminge Sarukaarun aniyaakuramun dhiyairu
Kuree safuga aijahan thibi meehun ge therein meehaku miadhu JP ah vadhegen Qasim ah ikhlaas therieh nuvaane.Leederun ebajehey ikhlaastherin thenegannan. Nazim akee kurinves ikhlaastherieh, miadhuves ikhlaastherieh.— Afaaf Abdul Majeed (@afaaf7878) November 7, 2019
އަލީ އާރިފް ވިދާޅުވީ ޖޭޕީއަކީ ކޮންމެ އިންތިޚާބަކާ ގުޅިގެން ފޮޅޭ މަލެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ރައްޔިތުންނަށް ޚިދުމަތް ކުރާ، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާ ޕާޓީއަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. ކުރީގެ ސަރުކާރުން ނާޒިމްގެ އިތުރުން ރައީސް ނަޝީދާއި ހޯމް މިނިސްޓަރ އިމްރާނަށް ދެއްވި އަނިޔާއާ ދެކޮޅަށް ގާސިމް ވަކާލާތު ކުރުމުން އެންމެ ފަހުން އެމަނިކުފާނުވެސް ދާން ޖެހުނީ ޖަލަށް ކަމަށް އާރިފް ވިދާޅުވިއެވެ. އޭރު ޔާމީންގެ ސަރުކާރު ދިފާއު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް މެމްބަރު ކަމަށްވާ އާރިފް ވަނީ އެ ސަރުކާރު ބަދަލުކުރަން ގާސިމް އިބްރާހިމް ކުރެއްވި މަސައްކަތް ނުކުރެއްވި ނަމަ މިއަދު އާ ސަރުކާރު އައިސް އަނިޔާ ތަކުން މިންޖުވުމުގެ ފުރުސަތުވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.
ޖޭޕީ އިން ބުނެފައިވަނީ ނާޒިމް ވަކިވީ ދެން އޮންނަ ރިޔާސީ އިންތިޚާބުގެ ރިޔާސީ ޓިކެޓު ޕާޓީން ނުލިބޭނެތީ ކަމަށް ބެލެވޭ ކަމަށެވެ.