Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ކ. އަތޮޅުން ސެޕްޓެމްބަރު މަހު 24 މިލިއަން ރުފިޔާގެ ގްރީން ޓެކްސް ދައްކައިފި

ކ. މާފުށި

މިއަހަރުގެ ސެޕްޓެމްބަރު މަހު ގްރީން ޓެކްސް އެންމެ ގިނައިން ދައްކާފައި ވަނީ ކ. އަތޮޅުންކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އަންގާރަ ދުވަހު އާންމުކުރި ސެޕްޓެމްބަރު މަހުގެ ގްރީން ފަންޑު ރިޕޯޓުގައި ވާގޮތުން ރިސޯޓު، ހޮޓެލްސް އަދި ގެސްޓް ހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ސެޕްޓެމްބަރު މަހު ޖުމްލަ 73 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. ލިވަބޯޑްސް ތަކުން ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވަނީ 1.8 މިލިއަން ރުފިޔާ އެވެ.

މި ފައިސާގެ ތެރެއިން ކ. އަތޮޅުން ވަނީ 24.75 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކާފައެވެ. ދެން އެންމެ ގިނަ އަދަދެއްގެ ޓެކްސް ދައްކާފައިވަނީ އދ އަތޮޅުންނެވެ. އެއީ ނުވަ މިލިއަން ރުފިޔާ އެވެ. ބ. އަތޮޅުން ވަނީ ގްރީން ޓެކުހުގެ ގޮތުގައި ހަ މިލިއަން ރުފިޔާ ދައްކައިފަ އެވެ
.
ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގްރީން ފަންޑުގައި 225.8 މިލިއަން ރުފިޔާ ހުރިކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ. އެ މުއްދަތުގައި އެ ފަންޑުން 58 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި ފަންޑުން ފައިސާ ހަރަދު ކުރަނީ ތިމާވެއްޓާ ގުޅުންހުރި ކަންތައްތަކަށާއި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު ނަގަން ފެށީ 2015 ވަނަ އަހަރުން ފެށިގެން އެވެ.