Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އުހުވަތްތެރިކަމުގެ ގުޅުން ހަރުދަނާކުރަން އަޒުމް ވަރުގަދަކުރޭ: މައުމޫން

ކުރީގެ ރައީސް މައުމޫން -- ފޮޓޯ / ސަން

ކީރިތި ރަސޫލާ މުހައްމަދު (ސ.އ.ވ)ގެ އީދު މީލާދު ދުވަސް ފާހަގަކުރަމުންދާއިރު އެންމެހާ ދިވެހިންގެ އުހުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އަޒުމް ވަރުގަދަ ކުރެއްވުމަށް ކުރީގެ ރައީސް އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

ކީރިތި ރަސޫލާގެ އީދު މީލާދު ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ފޮނުއްވި ހިތާބެއްގައި ވިދާޅުވީ ކީރިތި ރަސޫލާގެ މަތިވެރި ސީރަތްފުޅަށް ނަޒަރު ހިންގާލައިފިނަމަ، އެކަލޭގެފާނުގެ އެންމެ ހާއްސަ ސިފަފުޅަކީ، އޯގާތެރިކަމުގެ ނުވަތަ ރަހުމަތު ނުވަތަ އެންމެންނަށްވެސް ރަހުމް ކުރެއްވުމުގެ މާތް ސިފަފުޅުކަން ސާބިތުވެގެން ދާނެ ކަމަށެވެ.

އެކަލޭގެފާނު އެންމެންނަށް އޯގާތެރިވެ ވަޑައިގަތް ކަަމަށާއި އެންމެންނަށްވެސް ރަހުމް ކުރެއްވިކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ ކޮންމެ ކަމެއްގައިވެސް އެންމެ އިސްކަމެއް ދޭންވީ ކީރިތި ރަސޫލާ ދައްކަވާފައިވާ މަތިވެރި ނަމޫނާއަށް އަމަލީ ގޮތުން ތަބާވުން ކަމަށެވެ. އަދި މިފަދަ ދުވަހެއްގައި ރަސޫލާގެ ހަޔާތްޕުޅުން އިބުރަތް ހާސިލުކޮށް ދިވެހިންގެ މެދުގައިވާ އުހުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ސުލްހަ މަސްލަހަތު ދެމެހެއްޓުމުގެ މަތިވެރި އަޒުމް އިތުރަށް ވަރުގަދަ ކުރެއްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސް މައުމޫން ވިދާޅުވީ ކީރތި ރަސޫލާއަކީ އެންމެންނަށް އޯގާތެރިވެ ވަޑައިގަތް ބޭފުޅެއް ކަމަށާއި އެންމެންނަށްވެސް ރަހުމް ކުރެއްވި ބޭފުޅެއް ކަމަށެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ ކޮންމެ ކަމެއްގައިވެސް އެންމެ އިސްކަމެއް ދޭންވީ ކީރިތި ރަސޫލާ ދައްކަވާފައިވާ މަތިވެރި ނަމޫނާއަށް އަމަލީ ގޮތުން ތަބާވުން ކަމަށެވެ.

ވަކިން ހާއްސަކޮށް އެންމެންނާމެދުވެސް އެކަލޭގެފާނު ގެންގުޅުއްވި މާތް ރީތި ގޮތްތައް ދަސްކުރުމާއި އެންމެހާ މުސްލިމް ދިވެހިނަށްވެސް އޯގާތެރިވާ އެންމެންނަށްވެސް ރަހުމް ކުރާ، އެންމެންނަށްވެސް ކަމޭހިތާ، އެއްވެސް މީހަކާމެދު ކުޑައިމިސް ބަހެއް ނުބުނާ އިހްސާންތެރި ބަޔަކަށް ވެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށް ރައީސް މައުމޫން ވަނީ އިލްތިމާސް ކުރައްވާފައެވެ.