Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

އައްޑޫ ނޭޗާ ޕާކުގެ މައްސަލައެއް އޭސީސީއަށް ވައްދައިފި

އައްޑޫ ނޭޗަރ ޕާކްގެ ފޮޓޯއެއް- އައްޑޫލައިވް ފައިލް ފޮޓޯ

އައްޑޫ ނޭޗާ ޕާކުގެ މުވައްޒަފުންގެ ކޮރަޕްޝަނުގެ މައްސަލައެއް ބެލުމަށް އާންމު ފަރާތަކުން ފޮނުވި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފަށައިފިއެވެ.

އާންމު ފަރާތަކުން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ނޭޗާ ޕާކުގައި ކަންތައް ހިނގަމުންދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި މަޖިލީހުގެ އެންވަޔަރޮމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އެކަން ބަލާ ދިނުމަށް އެދުމުން މަޖިލީހުން ވަނީ އެކަން އޭސީސީގެ ސަމާލު ކަމަށް ގެނެސްފައެވެ.

އޭސީސީ އިން މިހާރު އެ މައްސަލަ ބަލަން ފަށާފައިވާއިރު މައްސަލަ ބަލާ ދިނުމަށް އެދުނު ފަރާތުން ވަނީ އޭނާގެ މައުލޫމާތު ސިއްރު ކޮށްދިނުމަށް އެދިފައެވެ.