Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މާޅޮހު ކޯޓު ފަޅާލާ ތިޖޫރިއެއް ވަގަށް ނަގައިފި

މީގެކުރިން ވަގަށް ބަޔަކު ނެގި ތިޖޫރިއެއް -- ފޮޓޯ / ފުލުހުން

ބ. މާޅޮހު މެޖިސްޓްރޭޓު ކޯޓު ފަޅާލައި ތިޖޫރިއެއް ވަގަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މާޅޮހު މެޖިސްޓްރޭޓު ކޯޓު ފަޅާލާފައިވާ ކަމަށް ބުނެ ފުލުހުންނަށް މިއަދު 11:20 އެހާކަށްހާއިރު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެ ކޯޓު ތެރެއިން ލެޕްޓޮޕްއަކާއި ތިޖޫރިއެއް ވަގަށް ނަގާފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ތިޖޫރީގައި ފައިސާ ހުރި އަދަދު ދެނެގަނެވިފައި ނުވާ ކަމަށާއި ނަމަވެސް ފުލުހުން އެ ކޯޓުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.