Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ވޭތުވެދިޔަ ހަ އަހަރާއި އަޅާބަލާއިރު ގޭންގު ކުށްތައް 50 ޕަސެންޓު ދަށްކޮށްފި

މާރާމާރީތައް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފުލުހަކު މީހަކު ބަލައި ފާސްކުރަނީ - ފޮޓޯ: ޓްވިޓާ (ހަމްދޫން ރަޝީދު)

ފާއިތުވި ހަ އަހަރުގެ ތެރޭގައި މަދު ނުވާވަރަށް ގުރޫޕް ހަދައިގެން ނުވަތަ ރާވައިގެން ހިންގާ އަނިޔާވެރި އަމަލުތައް މިއަހަރު މަދު ކުރެވިފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

އެގޮތުން ފާއިތުވި ހަ އަހަރާއި އަޅާ ބަލާއިރު މިފަދަ ކުށްތައް ވަނީ 50 ޕަސެންޓު މަދު ކުރެވިފައެވެ. ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުރޫޕް ހަދައިގެން ނުވަތަ ރާވައިގެން ހިންގާ އަނިޔާވެރި އަމަލުތައް ވަރަށް ބޮޑުތަނުން މަދުކުރެވިފައި މިވަނީ މަގުތަކުގެ އަމާންކަން ދެމެހެއްޓުމަށް ތަރުތީބާއި ރަނގަޅު އިންތިޒާމްތަކުގެ ތެރެއިން ފުލުހުން ކުރަމުން އަންނަ މަސައްކަތްވެސް ހިމެނިގެން ކަމަށެވެ. އެމަނިކުފާނު ވަނީ ފާއިތުވި ހަތަރު އަހަރުތެރޭ ހިނގައިދިޔަ އަނިޔާވެރި އަމަލުތަކުގެ ތަފާސް ހިސާބުތައް އާންމުކުރައްވައިފަ އެވެ.

އެގޮތުން 2014 ވަނަ އަހަރު 269 ގްރޫޕް މާރާމާރި ހިންގިއިރު މިދިޔަ އަހަރު ގްރޫޕް މާރާމާރީގެ 222 މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. މިއަހަރު ގޭންގް މާރާމާރީގެ ގޮތުގައި އަދި ރެކޯޑްކޮށްފައިވަނީ 110 އެކެވެ. އެއީ، މިދިޔަ އަހަރާ އަޅާބަލާއިރު، 50 ޕަސެންޓް ދަށް އަދެކެވެ.

ބޮޑެތި އަނިޔާވެރިކުށްތައް ވެސް ފާއިތުވި ހަ އަހަރު ވަރަށް ބޮޑަށް ވަނީ ކުޑަކުރެވިފަ އެވެ. އެގޮތުން ބޮޑެތި އަނިޔާވެރި 3317 ކުށް ރެކޯޑްކުރިއިރު މިދިޔަ އަހަރު އަދަދު 3036 އަކަށް ވަނީ ވެއްޓިފަ އެވެ. އަދި މި އަހަރު އެ އަދަދު ހުރީ 2546 ގައެވެ. މާރާމާރީތަކުގައި ނުވަޔަ ގަސްތުގައި މީހުން މަރާފައިވާ ނިސްބަތަށް ބަލާއިރުވެސް މިއަހަރަކީ ކާމިޔާބު އަހަރެކެވެ. އެއީ މިއަހަރު އެފަދަ އެއްވެސް ހާދިސާއެއް ހިނގާފައެއް ނުވެއެވެ.

ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ އަހަރު ގޭންގު މާރާމާރީތައް ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށެވެ. އަދި މިި ސަރުކާރު އައި ފަހުން ގޭންގު މާރާމާރީތަކުގައި އެއްވެސް މީހަކު މަރުވެފައި ނުވުމަކީ މި ސަރުކާރަށް ހޯދުނުގެ ކާމިޔާބެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.