Last Updated: July 1, 04:05
Wednesday, July 1, 2026
ޚަބަރު

ޑައިލިސިސްގެ ހިދުމަތް މިހާރު ލިބޭނެ: ހޮސްޕިޓަލް

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ގައި ކިޑްނީ ޑައިލިސިސް ސެންޓަރެއް ގާއިމްކޮށް ހިދްމަތް ދެވޭ ވަރަށް ތައްޔާރުވެއްޖެ ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ ވިދާޅުވީ ޑައިލިސިސް ސެންޓަރަށް ބޭނުންވާ ކެމިކަލް އިއްޔެ ލިބުމާއި ގުޅިގެން ހިދްމަތް ދެވޭ ވަރަށް ސެންޓަރު ތައްޔާރުވެފައިވާ ކަމަށެވެ.

އަމިއްލަ ފަރާތަކުން ހަދިޔާ ކުރި ދެ މެޝިނާއި އެކު ދުވާލަކު ހަ މީހަކަށް ޑައިލިސިސް ފަރުވާ ދެވޭނެ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކިޑްނީ ޑައިލިސިސް ހަދަން ޖެހޭ އައްޑޫގެ 19 މީހަކު މާލޭގައި ދިރިއުޅެމުން އެބަދެއެވެ. އެގޮތުން މާލޭގެ ބޮޑު ކުލީގައި ކުދި ކުދި ކޮޓަރި ތަކުގައި އުޅެމުން އަންނަ ކިޑްނީ ބަލީގެ މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަސޭހަ ކަމާއި އެކު މި ހިދްމަތް ދެވޭނެ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.