Last Updated: July 1, 04:05
Tuesday, June 30, 2026
ސިޔާސީ

ޕީޕީއެމް ހިތަދޫ އޮފީހަށް ކަޅު ދަވާދު ޖަހައިފި

ޕީޕީއެމް ހިތަދޫ އޮފީހަށް ކަޅު ދަވާދު ޖަހަފައި. ފޮޓޯ : ޕީޕީއެމް

ޕީޕީއެމް ހިތަދޫ މައި އޮފީހުގެ ފާރަށް ބަޔަކު ކަޅު ދަވާދު ޖަހައިފިއެވެ.

ޕީޕީއެމްގައި އިސްއޮފިޝަލަކު މިއަދު ވިދާޅުވީ ޕަޓީ އޮފީހުގެ މައި ދޮރޯށީގެ ފާރަށް ރޭ ބަޔަކު ރޭ ކަޅު ދަވާދު ޖަހާފައިވާ ކަމަށެވެ.

އަދި އެކަމެއް ކޮށްފައިވަނީ ރޭ ބެނާ ޖަހަން ހޭލާ އުޅުނު ބައެއް ކަމަށް ޕީޕީއެމްއިން ތުހުމަތު ކުރެއެވެ.

ޕީޕީއެމް މައި އޮފީހަށް މީގެ ކުރިންވެސް ތަފާތު ފަހަރު މަތިން ގެއްލުން ދީފައިވެއެވެ. އެގޮތުން އޮފީހުގެ ބިއްލޫރި ތަޅާލައި ފުރާޅަށް ގާއުކައި ގެއްލުން ދީފައިވެއެވެ.

ރިއާސީ އިންތިހާބްގެ ކެމްޕެއިން ފޯރި ގަދަވެފައިވާ އިރު ކެމްޕެއިން ޖަގަހަ ތަކަށް ގެއްލުން ދިނުމަކީ އާއްމު ކަމެކެވެ. އެގޮތުން މީގެ ދުވަސްކޮޅެއް ކުރިން މީދޫގައި ހުރި އަދާލަތު ޕާޓީގެ އޮފީހުގެ ބިއްލޫރިވެސް ބަޔަކު ވަނީ ތަޅާލާފައެވެ.