ރިޔާސީ އިންތިޚާބަށް އެމްޑީޕީން އައްޑޫ ސިޓީގައި ހިންގާ ކެމްޕޭނަށް ފައިސާ ހޯދުމުގެ ގޮތުން ވިއްކަމުން ގެންދާ ބޯޑިން ފާސް "ކޮންމެވެސް މީހަކު" ނާޖާއިޒު ގޮތުގައި ބޭނުން ކުރަމުން ގެންދާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އައްޑޫ ސިޓީގެ މާލޭ ފަންޑު ކޮމިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ބޯޑިން ފާސް އައިޑީ ކާޑެއްގެ މިނަށް ކުޑަކޮށް، އޭގެ އަނެއް ފުށުގައި އެމްޑީޕީ އޮފީހުގެ ފޯނު ނަންބަރު ޖަހައި ލެމިނޭޓްކޮށްގެން 20 ރުފިޔާ އަށް ވިއްކަމުންދާ ކަމަށެވެ.
އެމްޑީޕީން އަދި ބުނީ އެ ފާސް ވިއްކާ އިރު ބުނަމުން ދަނީ މި ޕާސް އޮވެއްޖެ ނަމަ ކެމްޕޭނުގެ ދުވަސްވަރު އައްޑޫ ސިޓީ އަށް ކުރާ ދަތުރުތަކުގައި ހުރުމާއި ކެއުން ލިބޭނެ ކަމަށެވެ.
އަދި މިއީ މަކަރުވެރިއަކު ހިންގާ ޚިޔާނާތްތެރި ޢަމަލެއް ކަމަށް އެމްޑީޕީން ބުންޏެވެ.
އެހެންވެ މިކަމާ އެމްޑީޕީ އާއި އަދި އައްޑޫ ސިޓީގެ ކެމްޕޭން ފަންޑު ކޮމިޓީ އާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.