Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ހުޅުމާލެ ހައިވޭ ކޮޅުގައި ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު މަރުވެއްޖެ

އެކްސިޑެންޓުގެ ތެރެއިން ސައިކަލު ދުއްވަން ތިބި މީހުން އަޅާފައިވާ ހެލްމެޓު -- ފޮޓޯ / އެމްވީ ކްރައިސިސް

ސިނަމާލެ ބްރިޖަށް ހުޅުމާލެ ކޮޅުން އަރާ މަގުގައި ހިނގި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވީ 13 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. މި އެކްސިޑެންޓުގައި ދެންވެސް އަނިޔާވީ އަންހެނަކަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއީ އެ ކުއްޖާގެ މަންމައެވެ.

ޢެކްސިޑެންޓް ހިނގަން މެދުމެރިވީ ދެމައިން ސައިކަލެއްގައި ދަނިކޮށް މާލެ، ހުޅުމާލެ ބަހުގައި ޖެހިގެން ކަމަށް ވަނީ މައުލާތު ލިބިފައެވެ. ހުޅުމާލެ ހޮސްޕިޓަލުގެ އޮފިޝަލަކު "އައްޑޫލައިވް" މިރޭ ވިދާޅުވީ މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ އެ ހޮސްޕިޓަލަށް ގެނައީ މިރޭ 22:40 އެހާއިރު ކަމަށެވެ. އުމުރުން 51 އަހަރުގެ އެ އަންހެން މީހާގެ ހާލު ސީރިއަސް ނޫން ކަމަށާއި އަންހެން މީހާއަށް މާބޮޑެތި އަނިޔާތަކެއް ނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މަރުވި ކުޑަކުއްޖާއާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ލިބިފައެއް ނެތެވެ. އަދި މިކަމާއި ގުޅިގެން ފުލުހުންވެސް އަދި އެއްޗެއް ނުބުނެއެވެ.