Last Updated: July 21, 22:56
Tuesday, July 22, 2025
ކުޅިވަރު

ޗެލްސީގެ ސްޓަރިޖް ލިވަޕޫލް އަށް

ސްޓަރިޖް އޭނާގެ ޖާޒީ ދައްކާލަނީ

ޗެލްސީގެ އިނގިރޭސި ޒުވާން ފޯވަޑް ޑެނިއެލް ސްޓަރިޖް ލިވަޕޫލް އާއި ގުޅިއްޖެ އެވެ. 23 އަހަރުގެ ސްޓަރިޖް ލިވަޕޫލް އާއި ގުޅުނީ 12 މިލިއަން ޕައުންޑަށެވެ. އަދި ކުރިއަށް އޮތް އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ކުޅޭ މެޗުގައި އޭނާ އަށް ކުޅެވޭނެ ކަމަށް ރިޕޯޓް ތައް ބުނެ އެވެ. ސްޓަރިޖް ލިވަޕޫލްގައި ބޭނުން ކުރާނީ 15 ނަންބަރު ޖާޒީ އެވެ.

ސްޓަރިޖް ލިވަޕޫލްގެ ވެބްސައިޓަށް ދިން އިންޓަވިއު އެއްގައި ބުނެފައި ވަނީ އޭނާ ލިވަޕޫލް އަށް އާދެވުނީތީ ވަރަށް އުފާކުރާ ކަމަށެވެ. މި ޓްރާންސްފާ އާއި އެކު ލިވަޕޫލް ގެ ފޯވަޑް ލައިން ވަރުގަދަވާނެ ކަން ޔަގީނެވެ.