Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ކާނަލް ނަޝީދާއި ޑީއާރްޕީގެ އެސްޖީ ނަހުލާ ޕީޕީއެމްއާ ގުޅިއްޖެ

ކާނަލް ނަޝީދު އަދި ނަހުލާ --

ޑީއާރްޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އަދި ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމުގައި ހުންނެވި ނަހުލާ އަލީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިވަޑައިގެންފިއެވެ.

މި ދެބޭފުޅުން ސޮއި ކުރެއްވީ "މަވެސް ޕީޕީއެމް"އަށް މި ޝިއާރުގެ ދަށުން ޕީޕީއެމްއިން ކުރިއަށް ގެންދާ ހަރަކާތުގައި ޕީޕީއެމްގެ އޮފީހުގައި އޮތް ހަފްލާއެއްގައެވެ. ކާނަލް ނަޝީދަކީ 2018ވަނަ ރިޔާސީ އިންތިހާބުގައިވެސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ސަރުކާރަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. އެގޮތުން ނަޝީދު ވަނީ ޔާމީންގެ ސަރުކާރުގައި ތައިލެންޑުގައި ހުންނަ ރާއްޖޭގެ އެމްބަސަޑަރުގެ މަގާމު އަދާ ކުރައްވާފައެވެ.

ނަހުލާ ވަނީ މީގެ ކުރިން ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ، ރައީސް ޔާމީންގެ ސަރުކާާރުގައިވެސް ދުވަސްކޮޅެއް ވަންދެން ހަރަކާތްތެރިވެ ވަޑައިގަންނަވާފައެެވެ. ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ނަހުލާ ވަނީ މައުމޫން ރިފޯމް މޫވްމެންޓްގެ ތާއީދާާއި އެކު ގަމު ދާއިރާއަށް ވާދަކުރައްވައި، ނާކާމިޔާބު ވެވަޑައިގެންފައެވެ.