ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައައްޔަން ކުރައްވާފައިވާ ހަތް ބޭފުޅުންނަށް ރުހުން ހޯދުމަށް އެބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަންތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރުމަށް ކޮމެޓީއަށް ފޮނުވައިފިއެވެ.
މި ނަންތައް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަކީ:
1 ޙަސަން ވަޙީދު، ކުދިމާގެ، ގދ. ތިނަދޫ
2 ޢާޞިމް މުޙައްމަދު، ގ. މެޒަރިން
3 ޢާއިޝަތު ޝާޒުލީ، މ. ސެވޯއީ
4 ރުޝާހާ އަޙްމަދު ޝަރީފް، ހ. އޮއިސިސްވިޔޫ
5 ޢަލީ ޝަފީޢު، މ. ހުދުކަނީރުގެ
6 އަލްއުސްތާޛު ޢަލީ ޝުޖާޢު، ފަހަލަ، ޅ. ހިންނަވަރު
7 އަޙްމަދު ޝަރީފް ޔޫސުފް، މ. ސަތާވަރީގެ
ޕީސީބީގެ ބޯޑު އަލުން އެކުލަވާލައި ބޯޑުގެ ރައީސް އާއި ނައިބް ރައީސްގެ މަގާމަށް ބޭފުޅުން އައްޔަންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން ބޯޑުގެ ރައީސްގެ މަގާމަށް އައްޔަންކުރެއްވީ ހަސަން ވަހީދު އެވެ. އަދި ނައިބް ރައީސްގެ މަގާމަށް އައްޔަންކުރެއްވީ އާސިމް މުހައްމަދު އެވެ.
ޕީސީބީގެ ރައީސްކަމުގެ މަގާމުގައި މީގެކުރިން ހުންނެވީ މުހައްމަދު ނިޒާރެވެ. ނަމަވެސް މިދިޔަ އޮގަސްޓު މަހުގެތެރޭގައި ނިޒާރު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.