Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ފޭދޫ ސިއްހީ މަރުކަޒަށް 300،000ރ. ގެ ތަކެތި!

ސ. ފޭދޫ ސިއްހީ މަރުކަަޒަށް ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ މެޑިކަލް ސާމާނު ސޮސައިޓީ ފޮ ދި އައިލެންޑް އޮފް ފޭދޫ އެޑްވާންސްމަންޓް (ސިފަ) ޖަމިއްޔާ އިން ހަދިޔާކޮށްފި އެވެ.

ތަކެތި ސިއްހީ މަރުކަޒާ ހަވާލު ކުރަން މިއަދު ހަވީރު ސިއްހީ މަރުކަޒުގައި ބޭއްވި ހަލުފާގައި ސިފައިގެ ފަރާތުން ތަކެތި ހަވާލުކޮށް ދެއްވީ އެ ޖަމިއްޔާގެ ސޯޝަލް ސެކްރެޓަރީ ހުސައިން ޝުވައިޒް އެވެ. ސިއްހީ މަރުކަޒުގެ ފަރާތުން ތަކެއްޗާ ހަވާލުވެ ވަޑައިގެންނެވީ އެތަން ހިންގެވުމާ ހަވާލުވް ހުންނެވި ޖާދުﷲ ސައީދު އެވެ.

ސިފަ ޖަމިއްޔާ އިން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ އީސީޖީ މެޝިނާއި އެސްޕީއޯ މޮނިޓަރާއި އޮކްސޮޖަން ކޮންސަންޓްރޭޓަރާއި ފީޓަލް ޑޮޕްލާ އާއި ޑައިގްނޯސްޓިކް ސެޓާއި ޑިޖިޓަލް ވައިޓަލް ޕަމްޕާއި ވީލް ޗެއާ ފަދަ ތަކެއްޗެވެ.

މި ތަކެތި ހަވާލު ކުރުމަށް ފަހު ސިފަ ޖަމިއްޔާގެ ފަރާތުން ބުނީ އެ ތަކެތި ސިއްހީ މަރުކަޒަށް ހަދިޔާ ކުރީ ސީދާ ފޭދޫ ސިއްހީ މަރުކަޒުގައި ބޭނުން ކުރަން ކަމަށެވެ.

އެހެންވެ އެ ތަކެތި އެހެން ދިމާއަކަށް ޝިފްޓް ނުކުރަން ސިފަ އިން ވަނީ ފޭދޫ ސިއްހީ މަރުކަޒަށް ޝަރުތުކޮށްފަ އެވެ.