Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ރޮޒެއިނާގެ ނަން އިއްވާ ތަޅުމުން ނެރެފި

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް، ފޮޓޯ: މިހާރު

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.

ރޮޒެއިނާގެ ނަން އިއްވީ މަޖިލިސް ދެ ފަހަރެއްގެ މަތިން ނަސޭހަތް ދިނުމަށްފަހުއެވެ. ނަސޭހަތް ދޭން ޖެހުނީ ރޮޒެއިނާ މަޖިލިސް ތެރޭގައި އަޑުގަދަ ކުރާތީއެވެ.

ރޮޒައިނާ އަޑުގަދަ ކުރަން ފެށީ ރިޔާސަތުން ނިޒާމާ ބޭހޭ ނުކުތާ ނުދީގެނެވެ. އަދި ނިޒާމީ ނުކުތާ ނުދެއްވީ ކީއްވެގެންތޯ ތަކުރާރުކޮށް ރޮޒައިނާ ދިޔައީ ރިޔާސަތާ ސުވާލު ކުރަމުންނެވެ. ރޮޒައިނާ ނިޒާމީ ނުކުތާ އަކަށް އެދިވަޑައިގަތީ، އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާ މެމްބަރު ބަޖެޓަށް ބަހުސް ކުރައްވަމުން ގެންދަވަނިކޮށެވެ. ރޮޒައިނާގެ އިތުރުން އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާ މެމްބަރު އަހްމަދު ނާޝީޒުވެސް ނިޒާމީ ނުކުތާ އަށް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ދިޔައެވެ.

އެހެންނަމަވެސް މަޖިލީހުގެ ރިޔާސަތުން އެ ފުރުސަތެއް ނުދެއްވައެވެ. އެކަމާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް ގަވައިދުގައިވާ ގޮތުން ނިޒާމީ ނުކުތުތާއެއް ނަގަން ޖެހެނީ ނިޒާމް ގެއްލޭ ކަމެއް ފާހަގަ ކުރުމަށް ކަމަށެވެ. އަދި ނިޒާމީ ނުކުތާ ދިނުމާމެދު ގޮތެއް ނިންމުން އޮންނަނީ ރިޔާސަތުގެ އަތްޕުޕުގައި ކަމަށެވެ.