Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ރަމަޟާން މުބާރިކް!

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ މުބާރަކްބާދީ އާއި ތަހުނިޔާ އައްޑޫގެ އެންމެހާ ރައްޔިތުންނަށާއި ދިވެހި ހުރިހާ ރައްޔިތުންނަށް "އައްޑޫ ލައިވް" ގެ ފަރާތުން ވަރަށް އިހުލާސްތެރިކަމާ އެކު ކިޔަމެވެ.

މި އުފާވެރި މުނާސަބަތާ ގުޅިގެން މި ނޫހުގެ ފަރާތުން އެދެނީ ހުރިހާ ރައްޔިތުންނަށް ވެސް އުފާވެރި، ބާއްޖަވެރި، ސުލްހަވެރި އަދި އަމާން ދުވަސްތަކަކަށެވެ. އެގޮތުން 1434 ވަނަ އަހަރުގެ ރަމަޟާން މަހަކީ ހުރިހާ ގޮތަކުން ވެސް ފާގަތި ދުވަސްތަކަކަަށްވުމަށް އެދި ދުއާ ކުރަމެވެ.

ކުރިއަށް މިއޮތް ރަމަޟާން މަހު "އައްޑޫ ލައިވް" ގެ ފަރާތުން ކިޔުންތެރިންނަށް ތަފާތު ލިއުންތައް ތާޒާކަމާ އެކު ގެނެސް ދޭން މަސައްކަތް ކުރާނަމެވެ.
އެގޮތުން ތަފާތު ބާވަތްތަކުގެ އަގުހުރި އަދި ކިއުންތެރިނަށް ބޭނުންތެރި މުނިފޫހި ފިލުވައިދޭ ފަދަ ލިއުންތައް ގެނެސް ދޭނަމެވެ.

އޭގެ ތެރޭގައި މުނިފޫހި ހަބަރުތަކާއި ވާހަކަ އާއި ރެސިޕީ ވިޔަފާރި އާއި ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތަކުންގެ ޕްރޮފައިލްތަކާއި ދީނީ އެކިއެކި މައުޟޫތަކުގެ ލިއުންތަކާއި އައްޑޫގެ ލޯކަލް ހަބަރުތަކާއި ސިޔާސީ ހަބަރުތައް ހިމެނެ އެވެ.

އަދ ހަމަ އެއާ އެކު ރޯދަ މަހު "އައްޑޫ ލައިވް" ގައި ތަފާތު ބާވަތްތަކުގެ ލިއުންތައް ޝާއިއު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވނީ ހުޅުވާލައިފަ އެވެ. ކިޔުންތެރިންގެ ލިއުންތައް މި ނޫހުގެ އީމެއިލް އައިޑީ އަށް ފޮނުވުމުން ލިއުންތައް ޝާއިއު ކުރެވޭނެ އެވެ.

އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ ކިއުންތެރިން ބޭނުންވާ ފަދަ ނޫހަކަށް "އައްޑޫ ލައިވް" ހެދުމަށެވެ. އަދި މި ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކިއުންތެރިންގެ ފަރާތުން މިހާރު ވެސް ލިބެމުންދާ ތަރުހީބަށްޓަކައި ޝުކުރު ދަންނަވަމެވެ.