Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ދެ ރަށެއްގެ އިންޖީނުގެ އެޅުމަށް ބަޔަކާއި ހަވާލުކޮށްފި

ށ. ފޯކައިދޫއާ ހދ. ފިނޭގައި އިމާރާތް ކުރާ އިންޖީނުގެ އެޅުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ފޯކައިދޫގައި އިމާރާތް ކުރާ އިންޖީނުގެ އެޅުމަށް ހަވާލުކުރީ ވަލީދު ކޮންސްޓްރަކްޝަނަށް ކަމަށެވެ. އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 5.7 މިލިއަން ރުފިޔާއަށެވެ. އެއްބަސްވުމުގައި ވަލީދު ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ވެރިޔާ ވަލީދު އަބްދުލްގާދިރެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ވަހީދެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 19ވަނަ ދުވަހު މަސައްކަތް ނިންމާ ގޮތަށެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ފިނޭގައި އިމާރާތް ކުރާ އިންޖީނުގެ އެޅުމަށް ހަވާލުކުރީ އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ކަމަށެވެ. އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 5.25 މިލިއަން ރުފިޔާއަށެވެ. އެއްބަސްވުމުގައި އެލްއެފް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު އަހުމަދު ފިރާގެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ވަހީދެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ 19ވަނަ ދުވަހު މަސައްކަތް ނިންމާ ގޮތަށެވެ.

މީގެއިތުރުންވެސް ފެނަކައިން ވަނީ ނ. މިލަދޫގައި އާ އިންޖީނުގެއެއް އަޅަން ވެސް ބަޔަކާއި ހަވާލުކޮށްފައެވެ.