Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ރަން ސްވިމްގެ މެންދުރު ފަހު ސެޝަން ފޯރިއާއެކު ކުރިއަށް ދަނީ!

ރަން ސުވިމް އިވެންޓުގައި ކުއްޖަކު ދުވަނީ، ފޮޓޯ: މުހައްމްދު އާރިފް

މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން(އެމްއެލްއޭ) އިން އިންތިޒާމް ކޮށްގެން ބާއްވާ ރަންސްވިމް އިވެންޓުގެ މެންދުރު ފަހު ސެޝަން ވަރަށް ފޯރިއާއެކު ކުރިއަށް އެބަ ދެއެވެ.

މެނދުރު ފަހު 14:30 ގައި ފެށިގެން މިހާރު ކުރިއަށްދާ ސެޝަނުގައި ބައިވެރިވަނީ 12، 14 އަދި 16 އަހަރުން ދަށުގެ އުމުރު ފުރާގެ އިތުރުން ބޮޑެތި މީހުންގެ މާސްޓަރ ލެވެލް 1 އަދި 2ގެ ބައިވެރިންނެވެ. ހެނދުނު ސެޝަނުގައި ޕާރޓްނަރަކާ އެއްކޮށް ބައިވެރި ވެވުނު ނަމަވެސް މި ސެޝަނުގެ 12، 14 އަދި 16 އަހަރުން ދަށުގެ ކުދިންނަށް ޕާޓްނަރަކު ބައިވެރިނުކުރެވޭނެއެވެ.

ހިތަދޫ ފަތާ ޓްރެކުން ފެށިގެން ލިންކު ރޯޑުގައި ވަކި މިންވަރަކަށް ދުވުމަށް ފަހު އެނބުރި ފަތާ ޓްރެކާ ހަމައަށް އައިސް، މޫދުގައި ވަކި މިންވަރަކަށް ފެތުމަށް ފަހު ނިންމާލާ ރޭހުގައި ޖުމްލަ 165 ބައިވެރިން ރަޖިސްޓަރކޮށްފައިވެއެވެ.