Last Updated: June 10, 00:02
Tuesday, June 9, 2026
ވިޔަފާރި

އެސްޓީއޯ މަރަދޫފޭދޫ ފިހާރަ އޭސީކޮށްފި

އެސްޓީއޯގެ މަރަދޫފޭދޫ ފިހާރަ ހޫނު ގަދަވުމުގެ ޝަކުވާ އެތަނުގެ މުވައްޒަފުން ކުރަމުން ދަނިކޮށް ފިހާރަ އޭސީކޮށްފި އެވެ.

މަރަދޫފޭދޫ ލިންކް ރޯޑްގައި ހުންނަ އެސްޓީއޯ ފިހާރަ އޭސީކޮށްފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. ފިހާރަ އޭސީ ކުރުމާ ގުޅިގެން މުވައްޒަފުންނަށް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެެއް ލިބިފަ އެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދެެއްކި މުވައްޒަފަކު ބުނީ ރޯދަ އާ ދިމާކޮށް އޭސީ ކުރުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ. އަދި ކުރަން ތަހައްމަލް ކުރަމުން ދިޔަ ހޫނުން ސަލާމަތްވުމުން އެކަމާ އުފާވާ ކަމަށް އޭނާ ބުންޏެވެ.

އެސްޓީއޯ އިން މަރަދޫފޭދޫ ފިހާރަ ހިންގާ ބައި އޭސީ ކުރި އިރު މީގެ ކުރިން ވެސް އެ ފިހާރަ ތެރޭގައި ހުންނަ އޮފީސް ބައި ހުންނަނީ އޭސީކޮށްފަ އެވެ. އަދި އެތަނާ އިންވެގެން ހުންނަ ކުލަ ފިހާރަ ވެސް ހުންނަނީ އޭސީކޮށްފަ އެވެ.

ނަމަވެސް އާންމުކޮށް ގިނަ އަދަދެއްގެ އިލެކްޓްރިކް ސާމާން ވިއްކާ ފިހާރަ ބައި އޭސީކޮށްފައި ނުވާތީ މުވައްޒަފުންގެ އިތުރަށް ބައެއް އާންމުން ވެސް އެކަމާ ޝަކުވާކޮށްފައިވެ އެވެ.