އައްޑޫގެ ރަށްރަށުގައި ފިތުރު ޒަކާތް ބަލައި ގަތުން މާދަމާ އިން ފެށިގެން ކުރިއަށް ދާނެ ކަމަށް އައްޑު ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން ބުނީ ފިތުރު ޒަކާތް ބަލައި ގަތުން އޮންނާނީ މާދަމާ އިން ފެށިގެން މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. އެގޮތުން ފިތުރު ޒަކާތް ބަލައި ގަތުން ރަށްރަށުުގައި ހުންނަ ކައުންސިލްގެ ޑިޕާޓްމަންޓްތަކުން ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކުރިއަށް ގެންދާނެ އެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލެވެ. ނުވަތަ އެ އަދަދަށްވާ ފައިސާ އެވެ. އެ ގޮތުން ފައިސާ އިން ޒަކާތް ދައްކާ އިރު އާދައިގެ ހަނޑުލުގެ އަގުން ނަމަ ދައްކަން ޖެހެނީ މީހަކަށް 12ރ. އެވެ. ތައިލެންޑް ހަނޑުލުން ނަމަ މީހަަކަށް 48ރ. އެވެ. އަދި ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 74ރ. އެވެ.
ކައުންސިލުން ބުނީ އާންމުކޮށް ކާން ބޭނުން ކުރަނީ ފުށް ކަމަށްވާ ނަމަ ފިތުރު ޒަކާތް ދައްކަން ޖެހެނީ އާދައިގެ ހަނޑުލުގެ ރޭޓުންނެވެ. އަދި ރަތް ހަނޑުލުން ނަމަ ޒަކާތް ދައްކަން ޖެހެނީ ބާސްމަތީ ހަނޑުލުގެ ރޭޓުންނެވެ.