Last Updated: April 23, 16:32
Tuesday, April 23, 2024
ޚަބަރު

އަފްރާޝީމްގެ މަރުގެ ރިޕޯޓް މަޖިލީހުގައި މިއަދު އިއްވަނީ

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލާގައި މަރުތަކާ ބެހޭ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އެކުލަވާލެއްވި ޑޮކްޓަރު އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓުގެ ހުލާސާއެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، މިއަދު އޮންނަ މަޖިލިސް ޖަލްސާގައި އިއްވަވާނެ ކަމަށެވެ.

އަފްރާޝީމްގެ މަރުގެ ރިޕޯޓު މަޖިލީހުގައި އިއްވަން ނިންމާފައިވާއިރު އެ ރިޕޯޓު ބަލައި ނުގަންނާނެ ކަމަށް އަފްރާޝީމްގެ އާއިލާއިން ވަނީ ބުނެފައެވެ. އަދި އެ ރިޕޯޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކަމާ ގުޅުންހުރި އިދާރާތަކަށްވެސް ފޮނުވާފައެވެ. ރައްޔިތުންގެ މަޖިލިސް އިދާރާވެސް ހިމެނޭ ގޮތަށް ރައީސް ވަނީ ޕީޖީއަށާއި ފުލުހުންނަށްވެސް އެ ރިޕޯޓު ފޮނުވާފައެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމް އަވަހާރަކޮށްލީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު އޭނާ ދިރިއުޅުއްވި ގޭ، ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ދައުލަތުން ދެމީހެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް އޭގެތެރެއިން ދައުވާ ސާބިތުވީ ހުސައިން ހުމާމްގެ މައްޗަށް އެކަންޏެވެ.