Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

ނުހައްގުން ވަޒީފާއިން ވަކިކުރި 119 މީހަކަށް އިންސާފު ހޯދައިދީފި

މީގެކުރިން ބޭއްވި ކެބިނެޓު ބައްދަލުވުމެއްގެ ތެރެއިން --

ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ 100އަށްވުރެ ގިނަ މީހަކަށް އިންސާފު ހޯދައިދީފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އެ ކޮމިޝަނަށް މައްސަލަ ހުށަހެޅި މީހުންގެ ތެރެއިން ސެޕްޓޭމްބަރު މަހުގެ ނިޔަލަށް 119 މީހުންނަށް ވަނީ ކޮމިޝަނުން އިންސާފު ހޯދައިދީފައިވާ ކަމަށެވެ. އެގޮތުން އިންސާފު ހޯދައިދީފައިވަނީ ދެ ގޮތަކަށެވެ. އެއީ ވަޒީފާއިން ވަކި ކުރުމުން ބަދަލު ދިނުމާއި އަލުން އަނބުރާ ވަޒީފާ ދިނުމެވެ.

އެފަދަ މައްސަލަތައް ހުށަހެޅުމަށް ރައީސް އޮފީހުން ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހެވެ. މައްސަލަތަށް ހުށަހެޅުމަށް ސަރުކާރުން ދިނީ 30 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތުގައި 451 މައްސަލަ ރައީސް އޮފީހަށް ވަނީ ހުށަހަޅާފައެވެ.

ކުރީ ސަރުކާރުގައި ސިޔާސީ ސަބަބުތަކަށްޓަކައި ނުވަތަ އެހެނިހެން ސަބަބުތަކަށްޓަކައި ދައުލަތުގެ ވަޒީފާތަކުން ވަކި ކުރި މީހުންނާއި އެހެން ވަޒީފާއަކަށް ބަދަލު ކުރި މީހުންނަށް އިންސާފު ހޯދައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕްރެޒިޑެންޝަލް އެކްޝަން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަވައިފައެވެ.

ނުހައްގުން ވަޒީފާ ގެއްލުވާލި މީހުންނަށް އިންސާފު ހޯދައި ދިނުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.