Last Updated: April 26, 10:52
Friday, April 26, 2024
ސިޔާސީ

އެމްޑީޕީގެ އަމާޒަކީ ރައީސް ޔާމީނަށް އަނިޔާ ކުރުން: އަދުރޭ

ރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި އަދުރޭ ވާހަކަދައްކަވަނީ - ފޮޓޯ: ޗެނަލް 13

ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއިން އަމާޒު ހިފާފައިއޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލައި އަނިޔާކުރުމަށްކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަަދުރޭ ވިދާޅުވީ އެމްޑީޕީގެ މުޅި އަމާޒަކީ ރައީސް ޔާމީނަށް އަނިޔާ ކުރުން ކަމަށާއި ޖޭއެސްސީގައި ތިބެގެން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރަމުން ދަނީ ރައީސް ޔާމީން ޖަލަށް ލުމަށް ކަމަށެވެ.

އަދުރޭ ވިދާޅުވީ ޖޭއެސްސީ ހިންގަމުންދަނީ އެމްޑީޕީގެ ގޮތްޕެއްގެ ގޮތުގައި ކަމަށާއި އެ ކޮމިޝަން އެގޮތުގައި އަދުލު އިންސާފު ގާއިމު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި އެމްޑީޕީއަށް ޖޭއެސްސީގެ ބާރުލިބުމުން މިހާރު ބޭނުންވަނީ އަދުލު އިންސާފުގެ ނިޒާމުގައި އެންމެ މަތީ ބާރަށް ވުމަށް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ. އެހެން ވިޔަސް ގާނޫނު އަސާސީގައި އަދުުލު އިންސާފުގެ ނިޒާމުގައި އެންމެ މަތީ ބާރަކީ ސުޕްރީމް ކޯޓާއި އެ ކޯޓުގައި އިންނަވާ ދައުލަތުގެ އުއްތަމަ ފަނޑިޔާރު ކަމަށް އަދުރޭ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އިއްވުން މިހާރު ތާވަލްކޮށްފައިވަނީ މި މަހުގެ 28ވަނަ ދުވަހުއެވެ.