Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ރަށްތަކަށް މެޖިސްޓްރޭޓުން ހޯދަންކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ވަކީލު ކަމުގެ ހުވާ ކުރައްވަނީ -- ފޮޓޯ / މިހާރު

ސާދަ ރަށެއްގެ މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޖޭއެސްސީން މިދިޔަ މަހުގެ 31ވަނަ ދުވަހު ކުރި އިއުލާނުގައި 14 ރަށެއްގެ އިސްމެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުންނަށް ކުރިމަތިލުމަށް އެ ކޮމިޝަނުން ހުޅުވާލައިފައިވާ ކަމަށެވެ. އެ މުއްދަތު ހަމަވާނެ ކަމަށް ކުރިން ބުނެފައިވަނީ މިމަހުގެ 14ވަނަ ދުވަހަށެވެ.

ޖޭއެސްސީން މިއަދު ބުނީ އެ އިއުލާނަށް އެކަށީގެންވާ ތަރުހީބެއް އަދި ލިބެމުން ނުދާތީ ކުރިން ކޮށްފައިވާ އިއުލާނުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މުއްދަތު އިތުރުކުރީ ކިތައް ދުވަހަކަށް ކަމެއް އަންގާފައެއް ނުވެއެވެ. އަދި ބުނީ މުއްދަތު އިތުރުކުރި ނަމަވެސް ކުރިން ކޮށްފައިވާ އިއުލާނުގެ ދަށުން ފޯމު ހުށަހެޅޭނެ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުގައި އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާނު ކޮށްފައި ވަނީ 11 ރަށަކަށެވެ. މެޖިސްޓްރޭޓުން ހޯދަން އިއުލާނުކޮށްފައި ވަނީ ތިން ރަށަކަށެވެ.

އިސް މެޖިސްޓްރޭޓުން ހޯދާ ރަށްތައް:

– ހދ. ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު
– ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓު
– ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު
– ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓު
– ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓު
– އއ. މަތިވެރި މެޖިސްޓްރޭޓް ކޯޓު
– އއ. މަތިވެރި މެޖިސްޓްރޭޓް ކޯޓު
– ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓު
– ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓު
– ތ. ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓު
– ގއ. ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓު
– ގދ. ފަރެސްމާތޮޮޑާ މެޖިސްޓްރޭޓް ކޯޓު
– ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓު
– ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓު
– ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓު

އިއުލާނުގައި ވާގޮތުން އިސް މެޖިސްޓްރޭޓެއްގެ އަސާސީއާ މުސާރައާއި އެހެނިހެން އެލެވެންސްތަކާއެކު ޖުމްލަ މުސާރައަކީ 25،600 އެވެ. މެޖިސްޓްރޭއްގެ ޖުމްލަ މުސާރައަކީ 23،450 ރުފިޔާއެވެ.

ޖޭއެސްސީން ބުނީ އެ މަގާމުތަކަށް ކުރިމަތިލާ ފަރާތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު؛ ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު، ފަނޑިޔާރުކަމުގައި ނުތަވަ ގާނޫނީ ވަކީލުކަން ކުރުމާއި އެ ދެކަމުގައި ނުވަތަ، ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ.