Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

އައްޑޫ ސިޓީ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ

އައްޑޫސިޓީ ހިތަދޫ- ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑައިގެން ގޮސްފިއެވެ.

ކަރަންޓު ކަނޑައިގެން ދިޔައީ މިއަދު މެންދުރު 1:40 އެހާކަށްހާއިރުއެވެ. އެނގިފައިވާ ގޮތުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑައިގެން ދިޔައީ ޕެނަލް ބޯޑަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އައްޑޫއިން ދޭތެރެ ދޭތެރެއިން ކަރަންޓު ދާތީ އެކަމާއި ގުޅިގެން އައްޑޫ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގައިވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ވަނީ އެތައް 6 ގަޑިއިރުވަންދެން ކަރަންޓު ކަނޑައިގެން ގޮސްފައެވެ. އަދި އޭގެފަހުން އެ މައްސަލަ ހައްލު ކުރުމަށްޓަކައިވެސް ދޭތެރެ ދޭތެރެއިން ވަނީ ކަރަންޓު ކަނޑާލާފައެވެ.

އައްޑު އަށް، ޒަމާނުއްސުރެ ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި 37 މިލިަން ޑޮލަރު (570 މިލިއަން ރުފިޔާގެ) ބޮޑު މަޝްރޫއެއް ޗައިނާގެ ކުންފުންޏަކާ ސަރުކާރުން ވަނީ މިދިޔަ މަހުގެ 23ވަނަ ދުވަހު ސޮއިކޮށްފައެވެ. އެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކްއާ އެވެ. އެއީ މާލެ އާއި ހުޅުމާލޭގެ ކަރަންޓު ވިއުގާ ގުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކުންފުންޏެވެ.

އައްޑޫ ކަރަންޓުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ފަށައި، އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.