Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ގަމުން އަނެއްކާވެސް ބިޔަ ގަސްތަކެއް ކޮށާލައިފި!

ކުރީގެ ގާމެންޓް ފެކްޓްރީ ކައިރީ ހުރި ގަސްތަކެއް ކޮށާލާފައި. ފޮޓޯ/ އައްޑޫ ލައިވް

ސ. ގަމުގައި ހުރި ގިނަ އަދަދެއްގެ ބިޔަ ގަސްތަކެއް މީގެ ކުރިން ކޮށާލާފައި ވަނިކޮށް އަނެއްކާ ވެސް ބައެއް ދިމަދިމާލުން ގަސްތަކެއް ކޮށާލައިފި އެވެ.

މި ފަހަރު ކޮށާލާފައި ވަނީ ޕޯސްޓް އޮފީސް ކުރިން ހިންގި އިމާރާތުގެ ކުރިމަތީގައި ހުރި ފިތުރޯން ގަހުގެ އިތުރުން އަސްޓްރާ ސިނަމާ ކައިރީ ހުރި ގަހެއްގެ އިތުރުން ފްލައިން ސްކޫލްގެ އޮފީސް ކުރިމަތިން ކުރިން ގާމެންޓް ފެކްޓްރީ ހިންގި އިމާރާތުގެ ކުރިމަތީގައި ހުރި ބައެއް ގަސްތަކެވެ.

އެ ގަސްތައް ކޮށާލުމުން، މަގުތައް މިހާރު ފެންނަނީ ވަރަށް ބޮޑަށް އަވި ދީފައި ވަނިކޮށެވެ. އެ ގަސްތަކުގެ ސަބަބުން ގަމަށް ވަރަށް ބޮޑަށް ފެހިކަން ލިބި ހިޔާ ދެ އެވެ.

އެހެން ނަމަވެސް ގަސްތައް ކޮށާލީ މާ ބޮޑަށް ދިގުވެފައި ހުރުުމުގެ ސަބަބުން ކަމަށް ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (ޖީއޭސީއެލް) އިން ބުންޏެވެ. އަދި ގަސްތައް މާ ބޮޑަށް ދިގުވެފައި ހުރުމުން ފްލައިޓްތަކަށް ދަތިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެކަމަކު ހިޔާދޭ ބިޔަ ގަސްތަކެއް ކޮށާލާތީ ބައެއް މީހުން އެކަމާ ހިތްހަމަނުޖެހިގެން ވާހަކަ ދައްކަ އެވެ.