Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރަނީ

ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރެވޭނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން މިރޭ ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާކަމަށެވެ.

ފިރުޝާން ވިދާޅުވީ ރައީސް ސޯލިހު ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމުގެ ޔަގީންކަން ދެއްވާފައިވަނީ މިރޭ އޭނާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޢުނީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު އާއި އެކު ބޭއްވެވި ބައްދަލު ކުރެއްވުމެއްގައި ކަމަށެވެ.

ރައީސް ސޯލިހު ވަނީ ތިނަދޫގައި ބޭއްވުނު ބައްދަލުވުމެއްގައިވެސް ހުވަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެއީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް އެމަނިކުފާން ވެވަޑައިގެންނެވި ވައުދެކެވެ.