Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ފަނޑިޔާރު ޣަނީގެ ކޮރަޕްޝަން މައްސަލައެއް އޭސީސީން ބަލަނީ

ފަނޑިޔާރު ޣަނީ -- ފޮޓޯ / ވަން އޮންލައިން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ސުލޫކީ މައްލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

އޭސީސީން ބަލަމުން ދަނީ ފަނޑިޔާރު ޣަނީ 2012ވަނަ އަހަރުގެ ހައިކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވިއިރު ހިންގާފައިވާ އަމަލެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލައެކެވެ. އެގޮތުން ފަނޑިޔާރު ޣަނީ ވަނީ ދެމީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައެއްގައި އެތަނުން އެކަކުގެ މައްސަލައިގެ ފައިލް ވަކި އެއްޗެއް ނާންގާ ގިނަ ދުވަސްތަކެއް ވަންދެން ފޮރުވާފައި ބާއްވާފަ އެވެ.

ފަނޑިޔާރު އަބްދުލްޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރެވުނީ 2018 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައެވެ. އޭނާއާ ގުޅޭ ސުލޫކީ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން)ވެސް އަންނަނީ ބަލަމުންނެވެ.