Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

ޝާހްގެ އާ ދަރިފުޅުގެ ނަމަކަށް އަބްރަމް

ޝާހް އާއި އަންހެނުން ގޯރީ: އެ މީހުންނަށް ވަނީ ތިން ވަނަ ދަރިއަކު ލިބިފައި.

ސަރޮގެސީ ހަދައިގެން ސްޕަސްޓާ ޝާހްރުކް ހާނަށް އަލަށް ލިބުނު ފިރިހެން ދަރިފުޅުގެ ނަމަކަށް "އަބްރަމް" ކިޔައިފި ކަމަށް ޝާހް ބުނެފި އެވެ.

އޭނާ މިކަން ކަށަވަރުކޮށް ދިނީ ސަރޮގެސީ ހަދައިގެން އާއިލާ އަށް ތިން ވަނަ ކުއްޖަކު ލިބެން އުޅޭ ކަމުގެ އަޑުތައް ފެތުރި މިކަމާ ގުޅިގެން ޝާހަށް ވެސް ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށް ނެރުނު ބަޔާނެއްގަ އެވެ.

ޝާހް، 47، ބުނީ އޭނާ އަށް އަލަށް ލިބުނު ދަރިފުޅުކީ ކޮން ޖިންސެެއްގެ ކުއްޖެއްތޯ ބަލަން ކުރިން އެއްވެސް ޓެސްޓެއް ހަދާފައި ނުވާ ކަމަށެވެ.
އެހެން ނަމަވެސް އެ ކުއްޖާ އުފަންވުމުގެ ކުރިން "ސެކްސް ޑިޓަމިނޭޝަން" ޓެސްޓެއް ހެދި ކަމަށް ބުނެ ބޮޑެތި ފާޑު ކިއުންތައް ޝާހަށް އަމާޒުވެފައިވެ އެވެ.

އުފަންވުމުގެ ކުރިން މައިމީހާގެ ބަނޑުގައި އޮންން ކުއްޖާއަކީ ކޮން ޖިންސެެއްގެ ކުއްޖެއްތޯ ބެލުމަށް ޓެސްޓް ހެދުމަކީ އިންޑިއާގެ ގާނޫނުތަކާ ހިލާފު ކަމެކެވެ.

ސަރޮގެސީ ހަދައިގެން ޝާހަށް ތިން ވަނަ ދަރިއަކު ލިބުނު އިރު ގޯރީ އާއި އޭނާގެ 22 އަހަރުވީ ކައިވެންޏަށް މީގެ ކުރިން ވަނީ ދެ ކުދިން ލިބިފަ އެވެ. އެއީ 15 އަހަރުގެ އަރިއަން އާއި 13 އަހަރުގެ ސުހާނާ އެވެ.

އަދި ސަރޮގެސީ ހަދައިގެން ތިން ވަނަ ދަރިއަކު ހޯދީ އަންހެނުން ގޯރީގެ ނިންމުމަކާ ގުޅިގެން ކަމަށް ވެސް ޝާހް ބުންޏެވެ.