Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

366 މިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރުގެ ބަޖެޓު ކޮމެޓީން ފާސްކޮށްފި

ބަޖެޓު ދިރާސާކުރާ ކޮމެޓީން --

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅު 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް އިތުރު 366 މިލިއަން ރުފިޔާ އިތުރުކޮށް، ބަޖެޓު ދިރާސާކުރާ ކޮމިޓީއިން ބަޖެޓު ފާސްކޮށްފިއެވެ.

ރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބަޖެޓު ދިރާސާކުރާ ކޮމިޓީގައި މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ ބަޖެޓަށް 366 އިތުރުކޮށް، 37.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ.

ބަޖެޓަށް ބޮޑަށް އިތުރުކުރީ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާއެވެ. އިތުރުކުރި ބަޔަށް ފައިސާ ހޯދަން ނިންމާފައިވަނީ 929 މިލިއަން ރުފިޔާގެ ޓީބިލު ވިއްކައިގެންނެވެ.

މި އަހަރުގެ ބަޖެޓަކީ 5.6 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. އާމްދަނީގެ 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި 35.6 ބިލިއަން ރުފިޔާއަކީ ޖުމްލަ ހަރަދެވެ.

އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައި ވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ 17.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ 5.2 ބިލިއަން ރުފިޔާ އެވެ.