Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ވަގު ޕާސްޕޯޓެއްގައި މީހަކު ރާއްޖެ އެތެރެވާން އުޅެފި

ވައްތަރު މީހެއްގެ ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު އިމިގްރޭޝަނުން އަނެއްކާވެސް ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން ބުނީ ވަގު ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅެނިކޮށް ވީއައިއޭ އިން ހިފަހައްޓާފައި ވަނީ 27 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ދީފައެއް ނުވެ އެވެ.

ވަގު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވާން އުޅޭ މައްސަލަތައް ފަހަކަށް އައިސް އިތުރުވެފައިވާއިރު މިދިޔަ މަހު ވެސް ތިން މީހަކު އިމިގްރޭޝަނުން ވަނީ ހިފަހައްޓާފައެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރާ ހަމައަށް ޝަހްސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު 11 މީހަކު އިމިގްރޭޝަނުން ވަނީ އަތުލައިގެންފައެވެ.