Last Updated: May 5, 06:00
Sunday, May 5, 2024
ޚަބަރު

މަރުގެ އިންޒާރު ދިން އައިޕީ އެޑްރެސް ހާމަކުރަން ކޯޓު އަމުރެއް

ކްރިމިނަލް ކޯޓު ކައިރީގައި ފުލުހުންތަކެއް: ފޮޓޯ / ރާއްޖެ އެމްވީ

ވަގުތު ނޫހުގެ ހަބަރަކަށް ކޮށްފައިވާ ކޮމެންޓެއްގައި މީހަކަށް މަރުގެ އިންޒާރު ދީފައިވާތީ، އެ ކޮމެންޓްކުރި އައިޕީ އެޑްރެސް ހާމަކުރަން އެ ނޫހުގެ މައްޗަށް ކޯޓު އަމުރެއް ނެރެފިއެވެ.

އެ ކޮމެންޓު ޝާއިއުކޮށްފައި ވަނީ "ސަލަފް ޖަމާއަތުން ޓެރަރިޒަމަށް ހިތްވަރުދޭ، އެ ޖަމާއަތާ މެދު ގޮތެއް ނިންމާނެ: ނަޝީދު" މި ސުރުހީގައި އިއްޔެ ލިޔެފައިވާ ހަބަރެއްގައެވެ.

އެ ކޯޓު އަމުރު މިއަދު ނެރެފައިވާއިރު ފުލުހުން ވަނީ އެ ކޮމެންޓުގެ އައިޕީ އެޑްރެސް އާއި މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދޭން ވަގުތު ނޫހުގައި އެދިފައެވެ.

އެ އަމުރު ވަގުތު ނޫހަށް މިހާރު ލިބިފައިވާއިރު އަމުރުގައިވާ ގޮތުން އަމުރު ލިބޭތާ 48 ގަޑިއިރުގެ ތެރޭގައި އެ މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދޭން ޖެހެއެވެ.

އެ ހަބަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހުތުބަހުން ކޮށްފައިވާ ކޮމެންޓުތަކެއް ވެސް ޝާއިރުކޮށްފައިވެއެވެ.