Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޒަހަމްކޮށްލުމަށްފަހު މީހަކު ކަނޑަށް އެއްލާލައިފި

ޒަހަމްކޮށްލުމަށްފަހު ކަނޑަށް އެއްލާލި ޒުވާނާ އެމްއެންޑީއެފްގެ ކޯސްޓުގާޑުގެ އެހީގައި މާލެ ގެންނަނީ: ފޮޓޯ / އެމްއެންޑީއެފް

ލަނޑާ ނެގުމުގެ މަސައްކަތް ކުރާ ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި މީހަކު ވަރަށް ބޮޑު ޒަހަމްކޮށްލުމަށް ފަހު ކަނޑައަށް އެއްލާލައިފައި އޮއްވާ ފެނިއްޖެ އެވެ.

ލަނޑާ ނެގުމުގެ މަސައްކަތް ކުރާ ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި މީހަކު ވަރަށް ބޮޑު ޒަހަމްކޮށްލުމަށް ފަހު ކަނޑައަށް އެއްލާލައިފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ދިވެހި ފިރިހެނަކަށް އއ. މާޅޮސް ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 3:06އެހާކަށްހާއިރު ފުލުހުން ލިބިފައިވާ ކަމަށެވެ. 26 އަހަރުގެ އެ ޒުވާނާ އިތުރު ފަރުވާއަށް މިހާރު މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާ ޒަހަމްވެފައި ވަނީ ލަނޑާ ނަގަން އުޅުނު ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ކަމަށެވެ. އަދި އޭނާގެ ގައިގާ ވަޅި އެޅުމަށްފަހު ކަނޑަށް އެއްލާލާފައިވާ ކަމަށް ފުލުހުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗްއާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅުންހުރި ފަރާތްތަކާއި ސުވާލުކޮށް ތަހުގީގު ކުރަމުންދާ ކަމަށެވެ.