Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ރައީސް ސޯލިހަކީ މިރާއްޖެ ދެކެފައިނުވާ ވަރުގެ ބޮޑު މުޖުރިމެއް: އަދުރޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ މިރާއްޖެ މިހާތަނަށް ދެކެފައިނުވާ ވަރުގެ ބޮޑު މުޖުރިމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މިރޭ ބާއްވަމުން އަންނަ "ހިބަރު ވަދު" ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ރައީސް ސޯލިހަށް ވަގަށް ގޮވައި އެމަނިކުފާނަކީ ބާޣީއެއް ކަމަށް ބުނެފައެވެ.

އަދުރޭ ވަނީ ރައީސް ޔާމީނަށް އުފުލާފައިވާ ސިޔާސީ ދައުވާ ސާބިތުކޮށް އެމަނިކުފާނު ޖަލަށް ލުމަށް އެ މައްސަލަ އޭރު ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމަށް ރައީސް މަޖުބޫރު ކުރުވި ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކުރުވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މެދުވެރިކޮށް ކަމަށް އޭނާ ތުހުމަތު ކުރެއެވެ.