Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޖަންކްޝަނެއްގައި ގޭސް އުފެދި މަތިގަނޑު އަރާ ގެއްލުންތަކެއްވެއްޖެ

މާލެ --

ވޯކްޝޮޕެއްގައި ހުރި ޖަންކްޝަނެއްގައި ގޭސް އުފެދިގެން، ޖަންކްޝަނުގެ މަތިގަނޑު މައްޗަށް އަރައިގެން ވޯކްޝޮޕްގެ ބިއްލޫރިގަނޑުގައި ޖެހި ތަޅައިގެން ގޮސްފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ 10:20 ހާއިރު ކަމަށެވެ. އެ ހާދިސާ ހިނގީ ހެންވޭރު ގެއެއްގައި ހުރި ވޯކްޝޮޕެއްގައި ހުރި ޖަންކްޝަނެއްގައި ގޭސް އުފެދިގެން ކަމަށެވެ. އަދި އޭގެ މަތިގަނޑު ކުއްލިއަކަށް އަރާ އެ ވޯކްޝޮޕްގެ ބިއްލޫރިގަނޑުގައި ޖެހި ތަޅައިގެން ދިޔަ ކަމަށްވެސް ފުލުހުން ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އިއްޔެވެސް މާލޭގެ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކަމުން ދަނިކޮށް ވަނީ އަލިފާނުގެ ހާދިސާއެއް ވެސް ހިނގާފައެވެ.