Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ލިފްޓު ގޮޅިން ދޮންނަ މެޝިނެއް ބާލަނިކޮށް ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ

ލިފްޓު ގޮޅިއަކުން ދޮންނަ މެޝިނެއް ބާލަން އުޅެނިކޮށް ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މާފަންނުގައި ހުންނަ ގެއެއްގެ ލިފްޓު ގޮޅިން ދޮންނަ މެޝިނެއް ބާލަން އުޅެނިކޮށް ބިދޭސީއަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިއަދު 15:33 އެހާކަށްހާއިރު ކަމަށާއި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އިއްޔެވެސް މާލޭގެ އިމާރާތެއްގެ މަތިން ބިދޭސީއަކު ވަނީ ވެއްޓިފައެވެ.