Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ޑރ. އިޔާޒް ކުރައްވަނީ ޙައްޤު މަސައްކަތެއް، ބިރުދައްކަން ނޫޅުއްވާ!: ޝެއިޚް ޒައިދު

ޝެއިޚް އަލީ ޒައިދު

ޑރ. މުޙައްމަދު އިޔާޒް ކުރައްވަނީ ޙައްޤު މަސައްކަތެއް ކަމަށާއި އެ މަނިކުފާނު ދެކެ މީހަކު ކިތައްމެ ރުޅި އަޔަކަސް، އެ މަނިކުފާނު ބިރެއް ނުގަންނާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ (މިރޭ) ކުރެއްވި ޓްވީޓެއްގައެވެ.

https://platform.twitter.com/widgets.js

"އިއްޒަތްތެރި ޑރ.އިޔާޒް ކުރައްވަނީ ޙައްޤު މަސައްކަތެއް! އެމަނިކުފާނު ދެކެ މީހަކު ކިތައްމެ ރުޅިއަޔަސް، އެމަނިކުފާނު ބިރެއް ނުގަންނާނެ! ވީމާ ބިރު ދައްކަން ނޫޅުއްވާ! ޖަރީމާ ހިންގާއިރު ހައްޕު ކިޔައިގެން ޑރ.އިޔާޒް ނުހުންނަވާނެ އިންޝާ ﷲ! އިސްލާމް ދީން އުނގެނި ޢަމަލް ކުރަންޖެހޭ އެންމެން ވެސް!" ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ޑރ.އިޔާޒް ވަނީ ވެރިކަން ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކުރެއްވޭ ވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ޑރ.އިޔާޒު މިހެން ވިދާޅުވެފައިމިވަނީ، އިޔާޒު އައިސް އެމަނިކުފާނަށް އިސްލާމްދީނަށް ދައުވަތުދޭން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ ލ.ގަމު އެމްޑީޕީ ހަރުގޭގެ ދިދަ ނެގުމުގެ ހަފްލާގައި ވާހަކަދައްކަވަމުންނެވެ.