Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޝަބާނާ އަޒްމީގެ މަންމަ ޝައުކަތު އަޒްމީ މަރުވެއްޖެ

ޝަބާނާ އަޒްމީ އޭނާގެ މަންމަ ޝައުކަތު އަޒްމީއާއި އެކު

ޝަބާނާ އަޒްމީގެ މަންމަ ކަމަށްވާ ކުރީގެ ފިލްމުތަކުން ފެނިފައިވާ ތަރިއެއް ކަމަށްވާ ޝައުކަތު އަޒްމީ 93 އަހަރުގައި މަރުވެއްޖެއެވެ.

ޝައުކަތު އަޒްމީ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން މިދިޔަ ހުކުރު ދުވަހު ހަވީރު މުމްބާއީގައި ހުންނަ އޭނާ ދިރިއުޅޭ ގޭގައެވެ. ޝައުކަތު ވަނީ ދިގު މުއްތަކަށް ބަލި އެނދުގައި ހޭދަ ކޮށްފައެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ދިމާވާ އެކި ކަހަލަ ބަލިތައް އޭނާއަށް ވަނީ ކުރިމަތިވެފައެވެ.

ޝައުކަތު ކައިވެނި ކޮށްފައިވަނީ އުރުދޫ ޅެންވެރިއެއް ކަމަށްވާ ކައިފީ އަޒްމީއާއިއެވެ. ކައިފީ އަޒްމީ ވަނީ 2002 ވަނަ އަހަރު މަރުވެފައެވެ. ކައިފީ އަދި ޝައުކަތުގެ 2 ކުދިން އެބަތިއްބެވެ. އެއީ ޝަބާނާ އަޒްމީ އަދި ބާބާ އަޒްމީ އެވެ.

ޝައުކަތުގެ މަރު އޭނާގެ ދަރިފުޅު ޝަބާނާ އަޒްމީގެ ފިރިމީހާ ޖާވީދު އަޚްތަރު ވަނީ މީޑިއާއަށް ޔަގީންކޮށް ދީފައިކަމަށް ބޮލީވުޑްލައިފް އިން ރިޕޯޓް ކުރެއެވެ.