Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އަހަރެން އުފަންވީ އައްޑޫއަށް، މަރުވާން އެދެނީ ވެސް މި ތަނުގައި: ނިޒާރު

އުފަންވީ އައްޑޫއަށް ކަމަށާއި، އަދި މަރުވާން ވެސް އެދެނީ އެ ފަސްގަނޑަށް ކަމަށް އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މިއަދު އިނގިރޭސި ބަހުން ކުރެއްވި ޓްވީޓްގައި ނިޒާރު ބުނެފައިވަނީ އައްޑޫ ދެކެ ލޯބިވާ ކަމަށާއި އައްޑޫގެ ރައްޔިތުން ދެކެވެސް ލޯބިވާ ކަމަށެވެ.

https://platform.twitter.com/widgets.js

ނިޒާރު މިހެން ވިދާޅުވެފައިވާ އިރު، އައްޑޫ ސިޓީގެ މޭޔަރުގެ މަގާމަށް ގެނައުމަށް ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ރަނގަޅު ކަމަށް ކުރީގެ ޑެޕިއުޓީ މޭޔަރ އަބްދުﷲ ތޮއްޔިބް(ޓޮމް) ވަނީ ވިދާޅުވެފައެވެ.

ޓޮމް މިހެން ވިދާޅުވެފައިވަނީ އަންނަ އަހަރު އެޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ނިޒާރު ވާދަކުރަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވަނިކޮށެވެ.

ނިޒާރު އަކީ މަޖިލީހުގައި އުޅުއްވި ދުވަސްވަރު ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތް ކުރެއްވި ފަރާތެއް ކަމަށް ގިނަ ފަރާތްތަކުން އިއްތިފާޤުވާ ބޭފުޅެކެވެ.