Last Updated: July 27, 17:18
Monday, July 27, 2026
ސިޔާސީ

މިހާތަނަށް އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކަށް އެމްޑީޕީ!

އެމްޑީޕީ

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެގިނަ މެންބަރުން ހުރި ސިޔާސީ ޕާޓީއަކަށް އެމްޑީޕީވެ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތާރީހުގެ ތެރެއަށް އެޕާޓީ ވަދެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ސިޔާސީ ޕާޓީތަކުގެ ތަފާސް ހިސާބު ދައްކާ ގޮތުގައި އެމްޑީޕީގައި 53،694 މެންބަރުން އެބަ ތިއްބެވެ. އެމްޑީޕީއަށްފަހު ދެން އެންމެ މެންބަރުން ހުރި ޕާޓީއަކީ އިދިކޮޅު ޕީޕީއެމް އެވެ. އެޕާޓީގައި 36،831 މެންބަރުން އެބަތިއްބެވެ. ތިންވަނައަށް އެންމެ ގިނަ މެމްބަރުން ތިބީ ޖުމްހޫރީ ޕާޓީގަ އެވެ. އެއީ 10،726 މެންބަރުން ނެވެ. އެމްޑީއޭގައި 8،805 މެންބަރުން ތިއްބައެވެ. އަދާލަތު ޕާޓީގައި 6554 މެންބަރުން ތިބިއިރު ޕީއެންސީގައި މިވަގުތު ތިބީ 4367 މެންބަރުންނެވެ. އެމްޓީޑީގައި ތިބީ 3498 މެންބަރުންނެވެ. ލޭބާ ޕާޓީގައި 3004 މެންބަރުން ތިބިއިރު ޑީއާރްޕީގައި ތިބީ 2985 މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ 10 ޕާޓީއެއް އެބައޮތެވެ. އަދި އެއާއެކި މިއަދުވަނީ އެމްއާރްއެމްވެސް ރަޖިސްޓްރީ ކޮށްދީފައެވެ. މީގެއިތުރުންވެސް އިތުރު ދެ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އީސީން ވަނީ ދީފައެވެ.