Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ޑްރައިވަރު އައިންތުގެ ކާރަށް ގެއްލުންވި މައްސަލަ ބަލަނީ

ޑްރައިވަރު އައިންތުގެ ކާރަށް ގެއްލުންވެފައި --

މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (ޑްރައިވަރު އައިންތު)ގެ ކާރަށް ގެއްލުން ވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އަބަދަށް އުފާ މަގުން ދުއްވާފައި ދިޔަ ޓެކްސީއެއްގެ ފަހަތު ބިއްލޫރިގަނޑު މައްޗަށް މަތިން ގާބުރިއެއް ވެއްޓި ބިއްލޫރިގަނޑު ތަޅައިގެން ދިޔަ މައްސަލައެއް މިއަދު ހަވީރު 17:06 އެހާކަށްހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މީގެކުރިންވެސް ޑްރައިވަރު އައިންތުގެ ކާރަށް ވަނީ ގެއްލުން ދީފައެވެ. އެފަހަރު އޭނާގެ ކާރަށް ގެއްލުން ދީފައިވަނީ އޭނާގެ ކުރީގެ ފިރިމީހާ ކަމަށް ބުނެފައިވެއެވެ.